Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ކަރަންޓްގެ މަޝްރޫއެއް ޗައިނާގެ ކުންފުންޏަކަށް

މާލެ، ވިލިގިލި، ގުޅީފަޅު އަދި ތިލަފުށި ކަރަންޓް ނެޓްވޯކް ގުޅާލަން ސްޓެލްކޯ އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޮމްޕެނީ ލިމިޓެޑާ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވަށް ފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެއްބަސްވުމުގެ ދަށުން ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް މާލެ، ވިލިގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމާއި، އެ ސަރަހައްދުތަކުގެ ހަކަތައިގެ ޑިމާންޑްތައް ފުއްދުމަށް ހަރުދަނާ ނެޓްވޯކެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި 150 މެގަވޮޓްގެ ޑުއަލް ފިއުލް ޕަވާ ޕްލާންޓެއް ގާއިމުކޮށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށް، ހަކަތައިގެ ސްޓޭބަލް އަދި އިތުބާރު ހިފޭ ސަޕްލައިއެއް ކަށަވަރުކުރުމަށްޓަކައި ސެންޓްރަލް ފެސިލިޓީއެއް ތަރައްގީ ކުރަން ވެސް ހަމަޖެހިފައިވެ އެވެ.

"މި ތާރީހީ އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗާ ހަރުދަނާކުރުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް." ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯ އިން ބުނީ ޗައިނާގެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ ސަބަބުން ކަރަންޓްގެ ޑިމާންޑަށް އަންނަ ބަދަލުތަކަށް އެކަށޭނެ ގޮތަށް ކެޕޭސިޓީ ގާއިމު ކުރެވގެން ދާނެ ކަމަށެވެ.