ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފި އެވެ.
ފައިރޫޝް މިހާތަނަށް ހުންނެވީ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ފައިރޫޝް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ކުރެވުނު މަސައްކަތްތަކާއި މެދު ހިތްހަމަޖެހުން ފާޅުކޮށް، އެ މިނިސްޓްރީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
Grateful for the journey at @MoHEmv. Big thanks to Minister @drmaryammariya, the leadership, & staff, incl. the SAILS team, whose passion made every challenge worthwhile. Your commitment has been inspiring, and this experience truly fulfilling.
— Phairoosch, PhD (@Phairoosch) October 16, 2024
ފައިރޫޝް މީގެކުރިން ވެސް ހުންނެވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ ހަޔާ އެޑިއުކޭޝަނަށް ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީގަ އެވެ.