Last Updated: November 23, 05:52
Saturday, November 23, 2024
ޚަބަރު

އީސީ ހިންގަން އާ އިމާރާތެއް ހޯދަނީ

އިލެކްޝަންސް ކޮމިޝަން (އީސީ) ހިންގާނެ އާ އިމާރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ ކޮމިޝަންގެ އިއުލާނެއްގައި ބުނީ ތަނެއް ހޯދަން ހޯދަން ބޭނުން ވަނީ 10 އަހަރުގެ މުއްދަތަށް ކަމަށެވެ.

އެހެންވެ ތަނެއް ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ބަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އާ ހަމައަށް ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 ގެ ކުރިން މި މެއިލް tender@elections.gov.mv އަށް ސުވާލުތައް ފޮނުވަން ޖެހެ އެވެ.

އީސީ މިހާރު ހިންގަމުން އަންނަނީ ޕޯޓް ކޮމްޕްލެކްސް އިމާރާތުގަ އެވެ. އެތަނުގައި ކޮމިޝަން ހިންގާތާ 19 އަހަރުވެފައިވާ އިރު، އެ އިމާރާތް ބާވުމާއި ޖާގައިގެ ދަތިކަން ވެސް ކުރިމަތިވެފައިވެ އެވެ.