ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގެ މެޗުތައް ކުޅުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާއަށް ފުރައިފި އެވެ.
މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 27 އަށް ޗައިނާގެ ޑައިލާންގަ އެވެ.
ރާއްޖެ މިފަހަރު ވާދަކުރާނީ އޭޝިއާގެ ވަރުގަދަ ޓީމުތަކެއް ހިމެނޭ ގްރޫޕް ސީގަ އެވެ. އެ ގްރޫޕްގައި ރާއްޖެއާއެކު ވާދަކުރަނީ ޗައިނާ އާއި ދެކުނު ކޮރެއާގެ ބާރު ބަހްރެއިން އާއި ބޫޓާނެވެ.
މުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ. އޭގެ ފަހުން 21 ވަނަ ދުވަހު ބަހްރެއިނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި ގްރޫޕް ފިޔަވަހީގެ ފަހު ދެ މެޗުގައި ރާއްޖެއިން ކުޅޭނީ 23 ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށާއި 25 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށެވެ.
މި މުބާރާތުގެ ކޮލިފައިންގައި ޖުމްލަ 47 ޓީމެއް ވާދަކުރާ އިރު، އަންނަ އަހަރު މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާ ވަނީ އޮޓޮމެޓިކުން މުބާރާތަށް ކޮލިފައިވެފަ އެވެ.
ގުރުއަތުލުމުގައި ތިން ގުރޫޕެއްގައި ފަސް ޓީމު ހިމެނިއިރު ބާކީ ގުރޫޕްތަކުގައި ހިމެނެނީ ހަތަރު ޓީމެވެ.
ކޮންމެ ގުރޫޕަކުން އެއްވަނަ އަށް އަންނަ ގައުމު މުބާރާތަށް ކޮލިފައިވާ އިރު، ގުރޫޕުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމެއް ވެސް މުބާރާތަށް ކޮލިފައިވާނެ އެވެ.