Last Updated: November 25, 16:15
Monday, November 25, 2024
މުނިފޫހިފިލުވުން

ސަލްމާންގެ އާއިލާ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި!

ސަލްމާން ޚާނާއި މުޅި އާއިލާގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ މިހާރު ވަރަށް ކަންބޮޑުވާ ކަމަށް ސަަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ބުނެފި އެވެ.

ބޮލީވުޑްގެ ތަރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި އަދި ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ މަހާރަޝްތުރާ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރި ބާބާ ސިއްދީ އަށް ހަމަލާދީ އަވަހާރަކޮށް ހާދިސާގެ ފަހުން ސަލްމާނަށް އޮތް ނުރައްކަލާ ހެދި އޭނަގެ ސެކިއުރިޓީ ވެސް މުމްބާއީގެ ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވެ އެވެ.

ސިއްދީގީ އަށް ދިން ހަމަލާގެ ޒިންމާ ސަލްމާނަށް ތަކުރާރުކޮށް މަރުގެ އިންޒާރުދީ އަދި ދާދި ފަހުން އޭނަގެ ގެލެކްސީ އެޕާޓްމަންޓަށް ބަޑިން ހަމަލާތަކެއް ވެސް ދިނުމުގެ ފަހަތުގައި ގޭންގްސްޓާ ލޯރެންސް ބިޝްނޯއީ ނަގާފައިވާ އިރު، އޭނަ ދަނީ ތަކުރާރުކޮށް ސަލްމާން މަރައިލާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ.

މިކަމާ ބެހޭ ގޮތުން ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްހައި އަފްބާޒް ބުނީ އާއިލާ މިހާރު އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

"އެހެންވެ އަހަރެމެން ވާނެ ސަލްމާނާއި އާއިލާގެ ރައްކާތެރި ކަމަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅައިދޭން ފުލުހުން ގާތު އެދިފައި،" އޭނަ ބުންޏެވެ. "އަދި އާއިލާގެ ހުރިހާ އެންމެންގެ ހަށިރައްކަށް ކުރަން ޖެހޭ ކަންކަން އަހަރެމެންނަށް ވީ ވަރަކުން މި އަންނަނީ ކުރަމުން."

ބިޝްނޯއީ 2022 ގެ ތެރޭގައި ވެސް ސަލްމާނާއި އޭނަގެ ބައްޕަ އަށް މަރުގެ އިންޒާރުތަކެއް ދީފައިވެ އެވެ. މިކަމާ ގުޅިގެން ސަލްމާން ހަށިރައްކަލަކަށް ބަޑިއއް ގެންގުޅުމުގެ ހުއްދަ ވެސް ކަމާބެހޭ ފަރާތްތަކުން ދީފައިވެ އެވެ.