Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ހީލަތް ހެދި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި އަނެއްކާ ވެސް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ހޯދަން އިއުލާންކުރި މީހަކީ ތ. ތިމަރަފުށި، ބޮންތި، އަހުމަދު ނިއުޝާދު، 37، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ހުޅުމާލެ ފޭސް ދޭއްހެ ޕޮލިހުން ބަލަމުން އަންނަ އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް ނިއުޝާދު ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަ ހާޒިރުވާން އަންގާފައިވެ އެވެ.