Last Updated: October 18, 10:16
Friday, October 18, 2024
ޚަބަރު

އެމެރިކާ ސަފީރު ޝަހީމްއާ ބައްދަލުކުރައްވައިފި

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބައްދަލުކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެމެރިކާ ސަފީރު، މިނިސްޓަރު ޝަހީމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއް ކަމަށެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަކާއި ގުޅޭ މައުލޫމާތެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާ ސަފީރު އިއްޔެ ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި އަދި ތަފާތު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އެމެރިކާ އިން ދާދިފަހުން ވަނީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ.