Last Updated: October 22, 10:32
Tuesday, October 22, 2024
ޚަބަރު

ފުވައްމުލަކުގައި 'ޝީޝާ ރަށި ބާޒާރު' ފަށަނީ

ފުވައްމުލަކުގައި ބާއްވަން ނިންމާފައިވާ "ރަށި ބާޒާރު" ޝީޝާ ހޮންޑާ މޯލްޑިވްސް) އިން މައި ސްޕޮންސަކޮށްފި އެވެ.

"ޝީޝާ ރަށި ބާޒާރު 2024" ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 20، 21، 22 އަދި 24 ވަނަ ދުވަހުގެ ރޭގަ އެވެ. ޝޮޕިން ފެސްޓިވަލް ކުރިއަސް ގެންދަން ހަމަޖެހިފައި ވަނީ ފުވައްމުލަކު ސިޓީ ކޮމިއުނިޓީ ސެންޓަރުގަ އެވެ.

މި ޝޮޕިންގ ފެސްޓިވަލަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުބް ޝީޝާ ގުޅިގެން ބާއްވާ އިވެންޓެކެވެ.

މި އިވެންޓުގައި 52 އެކި ވިޔަފާރިވެރިން ބައިވެރިވެ، ތަފާތު ގިނަ ބާވަތްތަކުގެ މުދާ ވިއްކުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ސްޓޯލްތަކާއި ޒަމާނީ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނޭ، ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް "ޝީޝާ ރަށި ބާޒާރު" ގެ ތެރޭގައި ކުރިއަށް ގެންދާނެ އެވެ.

ފެސްޓިވަލްގެ ކޮންމެ ރެއެއްގައި ޚާއްޞަ ލަކީ ޑްރޯއެއް ވެސް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ބައިވެރިންނަށް އެކި ބާވަތުގެ އަގުހުރި އިނާމުތައް ލިބުމުގެ ފުރުޞަތު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. ފެސްޓިވަލްގެ ފަހު ރޭ ބާއްވާ ގްރޭންޑް ލަކީ ޑްރޯގައި ބައިވެރިންނަށް ޚާއްޞަ މައި އިނާމަކަށް ވާދަކުރުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެ އެވެ.

"ޝީޝާ ރަށި ބާޒާރު" ގެ ނިންމުމުގެ ރަސްމިއްޔާތުގައި، ބާޒާރުގެ މައި ހޮންޑާ ޝީޝާއިން ޤުރުއަތުން ހޮވޭ ފަރާތަކަށް އެންމެ ފަހުގެ ހޮންޑާ އެއާބްލޭޑް 125 މޮޓޯސައިކަލް މައި އިނާމުގެ ގޮތުގައި ލިބޭނެ އެވެ. މީގެ އިތުރުން ޝީޝާ ފުވައްމުލަކު ސާވިސް ސެންޓަރުގެ ރަސްމީ ހުޅުވުން އޮންނާނެ އެވެ.

ހޮންޑާ މޯލްޑިވްސް އިން ބުނީ "ރަށި ބާޒާރު 2024" ގެގެ މައި ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރިއެރުވުމަށާއި، އިގުތިސާދީ ދުވެލި އިތުރު ކުރުމަށް ކުންފުނިން ދެމުން އަންނަ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަޑެވެ. އެހެންވެ އުންމީދަކީ މި ޝޮޕިން ފެސްޓިވަލްގެ ސަބަބުން ފުވައްމުލަކުގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ފައިދާކުރަނިވި ތަޖުރިބާއެއް ލިބިގެން ދާނެ ކަމަށް ހޮންޑާ ޝީޝާ އިން ބުންޏެވެ.

ޝޮޕިން ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު އިތުރަށް ފުރިހަމަކުރުމަށްޓަކައި، ޝަލަބީ އިބްރާހީމްގެ ލައިވް މިއުޒިކް ޝޯއާއެކު، ބާބާ ގާޑިޔާގެ ޚާއްޞަ ބުއިންތަކާއި ކެއުންތަކުގެ ރަހަ ބެލުމުގެ ފުރުޞަތު ބައިވެރިންނަށް ލިބޭނެ އެވެ.

ޝީޝާ އިން ބުނީ މައިގަނޑު މަގުސަދަކީ ވިޔަފާރީގެ މުޢާމަލާތްތަކުގެ އިތުރުން، މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި، ރަށުގެ ވިޔަފާރިތައް ކުރިއެރުވުމެވެ.