Last Updated: October 18, 17:26
Friday, October 18, 2024
ޚަބަރު

މަސް ހިފަން މޫދަށް ފޭބި ޒުވާނަކު ނިޔާވެއްޖެ

އަލިފުށީ ކަނޑުތޮށި ކައިރި އަށް މަސް ހިފަން މޫދަށް ފޭބި ޒުވާނަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ނަބީހު ހަސަން އެވެ.

ފުލުހުން ބުނީ އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތް ކަމަށް މިއަދު މެންދުރު 12:08 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހާގެ ހަށިގަނޑު މޫދުން ނަގައިގެން އަލިފުށީ ހެލްތު ސެންޓަރަށް މިހާރު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.