މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) ގެ ފިލްމު އެވޯޑްސް އަށް ހުޅުވާލައިފި އެވެ.
އެވޯޑަށް ހުށަހަޅާ ފިލްމުތަކާ އެކީ ފިލްމު ފެސްޓިވަލެއް ވެސް ކުރިއަށް ގެންދާ ބާއްވާ ފިލްމު އެވޯޑްސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 30 ގަ އެވެ. އަދި އެވޯޑަށް ހުށަހަޅާ ފިލްމުތަކާ އެކީ ކުރިއަށް ގެންދާ ފިލްމު ފެސްޓިވަލް ޑިސެމްބަރު 22 އިން ފެށިގެން ކުރިއަށް ދާނެ އެވެ،
އެވޯޑް ދޭން ހަމަޖެހިފައި ވަނީ 29 ކެޓަރަގަރީއަކުންނެވެ. އަދި އެމްއެސްޕީއޭ ފިލްމު އެވޯޑްގައި ބައިވެރި ކުރަން ނިންމާފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވާ ފީޗާ ފިލްމުތަކަށެވެ.
އެވޯޑް ދޭން ނިންމާފައިވާ ކެޓަގަރީތައް:
* އެންމެ މޮޅު ފިލްމު
* އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ
* އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ
* އެންމެ މޮޅު އެކްޓަރު
* އެންމެ މޮޅު ބަތަލާ
* އެންމެ މޮޅު ސަޕޯޓިން އެކްޓަރު
* އެންމެ މޮޅު ސަޕޯޓިން ބަތަލާ
* އެންމެ މޮޅު ޑައިރެކްޓަރު
* އެންމެ މޮޅު ސްޓޯރީ
* އެންމެ މޮޅު ފިރިހެން އާ އެކްޓަރު
* އެންމެ މޮޅު އަންހެން އާ ބަތަލާ
* އެންމެ މޮޅު ޗައިލްޑް އާޓިސްޓް
* އެންމެ މޮޅު ވިޟުއަލް އެފެކްޓްސް
* އެންމެ މޮޅު މޭކަޕް ގްލެމަ
* އެންމެ މޮޅު މޭކަޕް ސްޕެޝަލް އިފެކްޓްސް
* އެންމެ މޮޅު ކޮސްޓިއުމް ޑިޒައިނާ
* އެންމެ މޮޅު ލިރިކްސް
* އެންމެ މޮޅު ސިނެމަޓޮގްރާފަރު
* އެންމެ މޮޅު އެޑިޓާ
* އެންމެ މޮޅު ބެކްސްކޯ
* އެންމެ މޮޅު އޮރިޖިނަލް މެލޮޑީ
* އެންމެ މޮޅު ކޮރިއޮގްރާފަރު
* އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ
* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ
މީގެ އިތުރުން ކުރީގެ މަޝްހޫރިު އެކްޓަރު ޗިޅިޔާ މޫސާ މަނިކުގެ ނަމުގައި ދެ ލައިފްޓައިމް އެވޯޑް ދޭން ހަމަޖެހިފައިވެ އެވެ.
މި އެވޯޑް ހަފުލާ ބާއްވަން ނިންމާފައި ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެންނެވެ.
އެމްއެސްޕީއޭ އަކީ ރާއްޖޭގެ ތަޖުރިބާކާރު ފިލްމީ ތަރި، މުހައްމަދު ރަޝީދު (ދަރާ) އިސްކޮށް ހުރެގެން ހިންގާ ޖަމިއްޔާއެކެވެ.