ފޭސްބުކް ހިންގާ ކުންފުނި، މެޓަގެ މުވައްޒަފުންނަށް ދޭ މީލް ވައުޗާއާ ހިލާފަށް އަމަލު ކުރުމުން އެ ކުންފުނީގެ މުވައްޒަފުންތަކެއް ވަކިކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީލް ވައުޗަރާ ހިލާފަށް އަމަލު ކުރުމާއި އެެއަށް ކަނޑަަޅާފައިވާ ބަޖެޓުން ބޭރުން އަމަލުކޮށްފައިވާތީ މެޓަގެ ދަށުން ހިންގަމުން އަންނަ ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ވަޓްސްއެޕް ހިމެނޭ ގޮތަށް 30 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވެ އެވެ. އަދި އެ ތަންތަނުން މުވައްޒަފުންތަކެއް ވަކިކުރީ މީލް ވައުޗަރާ ހިލާފަށް އަމަލުކުރާކަން ފާހަގަ ކުރެވިގެން އެކަން އެގޮތަށް ނުކުރަން ތަކުރާރުކޮށް އިންޒާރު ވެސް ދީފައި ވަނިކޮށެވެ.
މެޓަ އިން މުވައްޒަފުންނަށް ތިން ގަޑިއިރުގެ ކެއުމަށް ވައުޗަ ދޫކުރެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހެނދުނު ނާސްތާ އަށް ދޫކުރާ 20 ޑޮލަރުގެ ވައޗަރާއި މެންދުރުގެ ކެއުމަށް ދޫކުރާ 25 ޑޮލަރާއި ރޭގަނޑުގެ ކެއުމަށް ވެސް ދޫކުރާ 25 ޑޮލަރުގެ ވައުޗާ އެވެ. މި ވައުޗާތައް މެދުވެރިކޮށް މުވައްޒަފުން ކާނާ އަށް އޯޑަރު ކުރަން ޖެހެނީ މަޝްހޫރު ޓޭކްއަވޭ ޖަސްޓް އީޓް ގްރަބްހަބް) އިންނެވެ.
ނަމަވެސް ކާނާ އަށް އޯޑަރުކުރުމުގެ ބަދަލުގައި މުވައްޒަފުންތަކެއް ދަތް އުނގުޅާ ބޭހާއި އޯމާ އަދި ވައިން ގްލާސް ފަދަ ތަކެތި ވައުޗަރި މެދުވެރިކޮށް ގަނެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މެޓަގެ ވެރިޔަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މާކް ޒަކަބާގެވެ.