Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ދެ ކިލޯ ޑްރަގްސް އަތުލައިގެންފި

ރާއްޖެ އެތެރެކުރި 2.05 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

އެތަނުން މިއަދު ބުނީ އެ އަތުލައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަމަށެވެ.
އަތުގައިލަތް 2.05 ކިލޯގެ މަސްތުވާތަކެއްޗަކީ ހެރޮއިން އެވެ.

ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެ އައި އިންޑިއާ ދެމަފުރިއެއްގެ އަތުން ވެސް 2 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.