Last Updated: October 22, 10:32
Tuesday, October 22, 2024
ދުނިޔެ

ނަތަންޔާހޫގެ ގެއަށް ޑްރޯން ހަމަލާއެއް ދީފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް ޑްރޯން ހަމަލާއެއް މިއަދު ދީފި އެވެ.

ފަލަސްތީނުގެ އިތުރުން މިހާރު ލުބްނާނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ ޔަހޫދީ ދައުލަތުގެ ވެރިޔާގެ ގެއަށް ހިޒްބްﷲ ޖަމާއަތުން ޑްރޯން ހަމަލާއެއް ދިންކަން ނަތަންޔާހޫގެ އޮފީހުން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އެ ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ގިނަ ބަޔަކު ޒަަހަމްވި ނަމަވެސް ނަތަންޔާހޫގެ ގެއަށް ކިހާ ވަރެއްގެ ގެއްލުންތަކެއް ލިބުނު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާދިން ވަގުތު ނަތަންޔާހޫ ގެއަކު ނޫޅެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ބައިލައްކައެއްހާ މީހުން ޝަހީދުކޮށް، ފަލަސްތީނު ވަނީ ސުންނާފަތިކޮށްފަ އެވެ. އަދި މިދިޔަ މަހުން ފެށިގެން ލުންބާނަށް އަރައި ގަނެ، އިޒްރޭލުން ދަނީ އެ ގައުމުގައި ވެސް މިހާރު ބޮޑެތި ލޭ އޮހުރުވުންތައް ހިންގަމުންނެވެ.