Last Updated: October 22, 10:51
Tuesday, October 22, 2024
ދުނިޔެ

ހަސީނާ ހައްޔަރު ކުރަން އަމުރެއް ނެރެފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހައްޔަރު ކުރަން އަމުރެއް ނެރެފި އެވެ.

އެ އަމުރު ނެރެފައި ވަނީ އެ ގައުމުގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްއިންނެވެ.

ހަސީނާގެ އިސްތިއުފާ އަށް ގޮވާލައި އެތައް ބަޔަކު މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތަކެއް ފަށައި، ގައުމުގެ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވުމުން އިސްތިއުފާ ދެއްވައި ހަސީނާ އޮގަސްޓް މަހުގެ 5 ގައި ފިއްލަވައިގެން ވަޑައިގެންނެވީ ހުންނެވީ އަވައްޓެރި އިންޑިއާގަ އެވެ.

ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކުގައި ފުލުހުން އާންމުންނާ ކުރިމަތިލައި ހިނގި ހާދިސާތަކުގައި 700 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވި އެވެ. އެހެންވެ ހަސީނާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގަން ވެސް ވަރަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ. އަދި އޭނައާ ދެކޮޅަށް 60 ވުރެ ގިނަ މައްސަލަ އެކި ފަރާތްތަކުން ހުށަހަޅާފައިވެ އެވެ.

ހަސީނާ އިސްތިއުފާ ދެއްވައި ފިއްލެވުމާ ގުޅިގެން ބަންގްލަދޭޝް ވެރިއަކަށް މިހާރު ހުންނެވީ މުހައްމަދު ޔޫނުސް އެވެ.