Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

'ޝޭޑްސް އޮފް މައިންޑް' އަށް ވަގުތު ހަމަވަނީ

ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން "ޝޭޑްސް އޮފް މައިންޑް" ގެ ނަމުގައި ބާއްވާ އާޓް އެގްޒިބިޝަންގައި ހުޅުވާލައިފި އެވެ.

މީގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހުކުރު ދުވަހެވެ.

އަންނަ މަހުގެ 12-17 އަށް ނެޝަނަލް އާޓް ގެލެރީގައި އެގްޒިބިޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ އުމުރުފުރައަކީ އުމުރުން 16-35 އަހަރާ ދެމެދެވެ.

ޔޫތު މިނިސްޓްރީން ބުނީ މީގައި ބައިވެރިވެބެން ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން އާމްދަނީއެއް ވެސް ލިބިގެން ދާނެ ކަމަށެވެ. އާޓް އެގްޒިބިޝަނަށް ހިލޭ ވަދެވޭނެ އެވެ.

މިނިސްޓްރީން ބުނީ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނަކަށް ހުޅުވާލުމުގެ މައިގަނޑު މަގުސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފުސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސް ދިނުން ކަމަށެވެ.

މެންޓަލް ހެލްތު ޑޭގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޯބަރު 10 އެވެ.