Last Updated: April 19, 16:40
Saturday, April 19, 2025
ޚަބަރު

ބުޅާ މަހުން ކާއެއްޗެއް ހެދިކަމުގެ ހެއްކެއް ނެތް

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވެނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން އެވެ. އޭނާ މިހާތަނަށް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.

ފުލުހުން މިއަދު ބުނީ އަރަފާތު ބުޅާ މަސް އަޅައިގެން ކާނާ ތައްޔާރުކުރިކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި އަރަފާތުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ މައްސަލައިގައި ކުރަމުންދިޔަ ތަހުގީގު ނިންމާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި މި މައްސަލާގައި ހައްޔަރުކުރި އަރަފާތު އިމިގްރޭޝަންއާ ހަވާލުކުރުމުން މިހާރު ޑީޕޯޓުކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އިމިގްރޭޝަނުން ބުނީ އަރަފާތު ޑީޕޯޓުކުރީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެފައިވާތީ ކަމަށެވެ.