ކުރީ ސަރުކާރުން ދިން ފްލެޓް އަދި ގޯތި ހަވާލުކުރުން ލަސްވާ މައްސަލައިގައި މަޖިލިސް ކައިރީގައި މުޒާހަރާ ކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯއްޗާއި ފްލެޓްތައް ހަވާލު ކުރުން ލަސްވާ މައްސަލައިގައި މިއަދު މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ މަޖިލިސް ހިމެނޭ ސަރަހައްދުގަ އެވެ.
ބިންވެރިޔާ ސްކީމުގެ ގޯތިތަކާއި ގެދޮރުވެރިޔާ ސްކީމުން ދޭން ނިންމި ފްލެޓުތައް މި ސަރުކާރުން އަދިވެސް ހަވާލު ނުކުރާތީ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މުޒާހަރާގައި އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އަދި އާންމުން ބައިވެރިވެފައިވެ އެވެ.
މަޖިލިސް ކައިރިން ފެށި މުޒާހަރާ މާލޭގެ އެކި މަގުތަކުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.