Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާން ރޯވެއްޖެ

ފޮޓޯ: އެމްއެންޑީއެފް

ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ، ‏ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 12:04 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިލަފުށީ ވެމްކޯ ސައިޓުގެ ކުނިތައް ހުރިތަނުގައި ރޯވެ އަންނަނީ ވަރަށް ބޮޑަށް ދުން އަރަމުންނެވެ.