Last Updated: October 22, 10:32
Tuesday, October 22, 2024
ޚަބަރު

ފަޅުރަށް ހޯދަން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ

ފަޅުރަށް ހޯދުމަށް ކައުންސިލުތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް މިނިސްޓްރީން ފަށައިފި އެވެ.

ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތަކަށް ފަޅުރަށެއް ލިބޭ ގޮތް ވުމަކީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރިވުމުގެ އިތުރުން، އެ ރަށެއްގެ ރައްޔިތުންގެ އުފާފާގަތި ކަމަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ބާރެއް ކަމަށް ވިދާޅުވި އެވެ.

މި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ އެކަމަށް ސަރުކާރުން އައްޔަންކޮށްފައިވާ ހާއްސަ ކޮމިޓީއަކުންނެވެ.

މިއަދު އިވެލުއޭޓް ކުރަން ފެށުނު 4 ޕްރޮޕޯސަލް އިވެލުއޭޓްކޮށް ނިމި، މިހާތަނަށް ފަޅުރަށް ހޯދުމަށް އެދިފައިވާ 4 ކައުންސިލަށް އަންނަ މަހުގެ ކުރީ ކޮޅު އެ ރަށްތައް ލިބޭ ވަރުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.