Last Updated: October 22, 09:12
Tuesday, October 22, 2024
ޚަބަރު

އޭސީ ޓެކްނީޝަނުން ތަމްރީނު ކުރަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން (އާރްއޭސީ) ޓެކްނީޝަނުން ތަމްރީނު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިޓެކްނިކާއެކު ތިން އަހަރުގެ މުއްދަތަށް އެއްބަސްވުމެއްގައި އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ އާރްއޭސީ ސާވިސިން ދާއިރާއަށް ލައިސަންސިން ނިޒާމެއް ތަޢާރަފުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ތަމްރީނު ޕްރޮގްރާމްތަކަށް ބޭނުންވާ އާލާތްތައް ހޯދުމަށާއި، މުސްތަޤުބަލުގައި ރެފްރިޖަރަންޓް ރީސައިކަލް ކުރުމާއި އަލުން ބޭނުންކުރެވޭ ގޮތަށް ސާފުކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބި އާރްއޭސީ ޓެކްނީޝަނުންނަށް ފަންނީ ހުނަރު އިތުރުކޮށް، ދާއިރާގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ދެނިވި ގޭސްތައް ޖައްވަށް ބޭރުވާ މިންވަރު މަދަދުކުރުމަށްވެސް އެހީތެރިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.