Last Updated: October 22, 10:51
Tuesday, October 22, 2024
މުނިފޫހިފިލުވުން

'ވަންވާސް' ޑިސެމްބަރު 20 ގައި

ޑައިރެކްޓަރު އަނިލް ޝަރުމާގެ އާ ފިލްމު "ވަންވާސް" އަންނަ ޑިސެމްބަރުގެ މަހުގެ 20 ގައި ސިނަމާތަކަށް ގެނެސްދޭން ނިންމައި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިއަސު ދައްކާލައިފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ގަދަރު 2" އަށް ފަހު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"ވަންވާސް" އަކީ ބައްޕައަކާއި ފިރިހެން ދަރިއެއްގެ ގުޅުމެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގެ މުހިއްމު ރޯލުތައް ކުޅެފައި ވަނީ "ގަދަރު 2" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު އަނިލްގެ ދަރިފުޅު އުތްކާޝް ޝަރުމާ އާއި ނާނާ ޕަޓޭކަރެވެ.

"ވަންވާސް" ހަދާފައި ވަނީ ޒީ ސްޓޫޑިއޯސްއާ ގުޅިގެންނެވެ.