އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ޗައިނާއަށް ވަޑައިގެންފި އެވެ.
މި ދަތުރަކީ ޗައިނާގެ އެމްބަސީން އިންތިޒާމުކޮށްގެން އެ ގައުމުގެ ޒިންޖިއާން ޕްރޮވިންސަށް ކުރާ ސަގާފީ ދަތުރެކެވެ.
ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޒަކާތު ހައުސް އާއި ފަތުވާ ކައުންސިލާއި ޤުރުއާނާ ބެހޭ މަރުކަޒުގެ ވެރީންގެ އިތުރަށް އިލްމުވެރީންގެ ޕޫލާއި ވާއިޡުން ވެސް ހިމެނިވަޑައިގަނެ އެވެ. މި ދަތުރުގައި ވަފުދުގެ ބޭފުޅުން ޗައިނާގެ އާސާރީ ދާރުލްއާސާރުތަކަށާއި، އެކި މިސްކިތްތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ދާދި ފަހުން އިސްލާމިކް މިނިސްޓަރުޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ރަ ޗައިނާ އަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ.