Last Updated: October 22, 10:32
Tuesday, October 22, 2024
ޚަބަރު

އައްޑޫގައި އެކްސިޑެންޓުތަކެއް، 7 މީހަކަށް ފަރުވާ ދެނީ

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓުތަކުގައި ހަތް މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހިތަދޫގެ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމަށް މިރޭގެ އެކި ވަގުތުތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުތަކުގައި ހަތް މީހަކަށް އަނިޔާވެގެން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައިި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އެއީ ހަ ފިރިހެނުންނާއި އަންހެނަކަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިރޭ ހިނގި ކޮންމެ އެކްސިޑެންޓެއް ވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށާއި މި ތިން އެކްސިޑެންޓުގެ ތެރެއިން ދެ އެކްސިޑެންޓްގެ ސީނަށް ފުލުހުން ދިޔައިރު ރޫޅާލާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުތަކުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.