Last Updated: October 22, 10:32
Tuesday, October 22, 2024
ދުނިޔެ

ޕެރޫގެ ކުރީގެ ރައީސް 20 އަހަރަށް ޖަލަށް

ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޕެރޫގެ ކުރީގެ ރައީސް އެލެހެންދުރޯ ޓޮލެޑޯ އަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވައިފި އެވެ.

ވެރިކަމުގައި ހުންނެވި ދުވަސްވަރު ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އޮތުން އޭނަ 35 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ސާބިތުވެފައިވެ އެވެ. އެހެންވެ އެ މައްސަލައިގައި ކުރި ދައުވާތައް ސާބިތުވެ އިއްވާފައި ވަނީ 20 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ދައުވާތަކަށް ޓެލެޑޯ އިންކާރުކުރެއްވި އެވެ.

އޭނަ ބްރެޒިލްގެ އޮޑެބްރެޗް ކިޔާ ގެ އަތުން ޓޮލެޑޯ ރިޝްވަތު ނަންގަވައި މަނީ ލޯންޑްރީގެ މުއާމަލާތްތަކެއް ހިންގެވީ ދެކުނު ޕެރޫގެ މަގުތައް ހަދަން ކުންފުންޏާ ހަވާލުމުރަން ހެދި އެއްބަސްވުންތަކުގެ ތެރޭގަ އެވެ.

އުމުރުން މިހާރު 78 އަހަރުގެ ޓޮލެޑޯ ޕެރޫގެ ރައީސްކަން ކުރެއްވީ 2001-2006 އަށެވެ.

އޭނަގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި އިރު މީގެ ފަސް އަހަރު ކުރިން އެމެރިކާގެ ކެލިފޯނިއާ އިން ހައްޔަރުކޮށް، އަނބުރާ ޕެރޫ އަށް ގެންދިޔައީ މިދިޔަ އަހަރު އެވެ.