Last Updated: October 22, 15:03
Tuesday, October 22, 2024
ޚަބަރު

ފުލުހުންގެ ތަރުޖަމާނުކަމުން ޝިފާން ވަކިކޮށްފި

ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޝިފާން އެ މަގާމުން ވަކިކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދާކުރެއްވި ޝިފާނު އެ މަގާމަށް އަލުން އައްޔަންކުރީ މި އަހަރުގެ ފެބްރުއަރީ 18 ގަ އެވެ.

ނަމަވެސް ޝިފާން ތަރުޖަމާނުގެ މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮސް އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެހެންވެ އޭނަ މަގާމުން ވަކިކުރި ސީދާ ސަބަބެއް ވެސް ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ތަރުޖަމާނުގެ މަގާމުގެ އިތުރަށް އޮފީސް އޮފް ދި ކޮމިޝަނާގެ ވެރިޔާގެ މަގާމުން ވެސް ޝިފާން ވަނީ ވަކިކޮށްފަ އެވެ.