Last Updated: October 22, 17:19
Tuesday, October 22, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ނުދޭން ގޮވާލައިފި

މެންބަރު މުހައްމަދު އިސްމާއިލް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ނުދޭން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅޭ ބިލުގެ ބަހުސް ކުރިއަށް ގެންދިޔައިރު އެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މި ބިލުގެ ބޭނުމަކީ އާމްދަނީ އިތުރުކުރުން ނޫން ކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ މާތް މަގުސަދެއްގައިކަން ފާހަގަކޮށް މުހައްމަދު އައްބާސް ވިދާޅުވީ ސަރުކާރުން މި އިސްލާހު ހުށަހެޅީ ރައްޔިތުންނަށް ދުޅަހެޔު މުސްތަގުބަލެއް ގާއިމުކޮށްދިނުމަށްޓަކައި އަދި ޒުވާނުންގެ ޖީލެއް ސަލާމަތް ކުރުމަށް ކަމަށެވެ.

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ބޮޑެތި ބަލިތައްވުމުން އާސަންދަ ބޭނުންކޮށްގެން އެމީހުންނަށް ފަރުވާކުރަންޖެހޭކަން މުހައްމަދު އިސްމާއިލް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މި އިސްލާހު މަޖިލީހުން ނިމިގެން އަންނައިރު ސިނގިރޭޓު ބޭނުންކުރާ މީހުންނަށް އާސަންދައިން ބަލިވެގެން ބޭސްކޮށްނުދިނުން ވެސް އޮންނަންޖެހޭ ކަމަށެވެ. މުހައްމަދު އިސްމާއިލް ވިދާޅުޥި ސިނގިރޭޓަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު އެވެ.

މި ބިލުގައި ވަނީ ސިނގިރޭޓާއި ވޭޕް އަދި ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރުމަށް ނިންމާފަ އެވެ. އިސްލާހުގައިވާ އާ ރޭޓުގެ ދަށުން އާ އިމްޕޯޓު ޑިއުޓީ ނަގަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.