އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލަ ސިޓީއަކުން އިއްޔެ އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު ރާއްޖޭގައި ހުންނަވާ އެމެރިކާ ސަފީރާއި ޝަހީމް ދާދިފަހުން ބައްދަލުކުރި މައްސަލާގައި އޭނާ އަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފަ އެވެ.
އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަކާއި ގުޅޭ މައުލޫމާތެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.