Last Updated: October 22, 19:20
Tuesday, October 22, 2024
ޚަބަރު

ޒުވާނުން ދީންވެރި ބަޔަކަށްވުމަށް ރައީސް ގޮވާލައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ޒުވާނުންނަކީ ދީންވެރި ބަޔަކަށް ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ޒުވާނުންގެ ދުވަހުގެ މުނާސަބުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ރައީސް ވަނީ ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރުމަށް ގޮވާލައްވާފަ އެވެ.

"ގައުމާއި މުޖުތަމައާއި އާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ހުލްގުހެޔޮ، ދީންވެރި ބައެއްގެ ގޮތުގައެވެ،" ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި ޒުވާނުންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަސް ފާހަގަކުރަނީ ޤައުމު ބިނާކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.