Last Updated: October 23, 00:23
Tuesday, October 22, 2024
ޚަބަރު

މަޖިލީހުގެ ނައިބު ރައީސް ޗައިނާ އަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ޗައިނާ އަށް މިރޭ ފުރާވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ނާޒިމް ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅަކީ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 24 އިން 25 ގެ ނިޔަލަށް ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގަ އެވެ.