Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ކޮޕް 29 އަށް ދާ ޒުވާނުންނާ މިނިސްޓަރު ބައްދަލުކޮށްފި

މި އަހަރު ބާއްވާ "ކޮޕް 29" ގައި ރާއްޖެ އިން ބައިވެރިވާ ޒުވާނުންނާ ބައިވެރިންނާ އެންވަޔަރަމަންޓް މިނިސްޓަރު ތޯރުގް އިބްރާހީމް ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި ޒުވާނުންގެ ތަސައްވުރާއި އިސްކަންދޭ ކަންތައްތަކަށް މިނިސްޓަރު އަޑުއެއްސެވި އެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި ޒުވާނުންގެ ޚިޔާލުތަކާއި ވިސްނުންތައް ހިމެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަގުލެއް ކަށަވަރުކުރުމަށްޓަކައި ޒުވާނުންގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރެއްވި އެވެ.

"ކޮޕް 29" ގައި ބައިވެރިވާ ޒުވާން ބައިވެރިން މި ބައްދަލުވުމުގައި ފާޅުކުރި ޚިޔާލުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ހިމެނެ އެވެ.

"ކޮޕް 29" މި އަހަރު ބާއްވަނަ ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 އާއި 12 ގައި އާޒަރުބައިޖާންގެ ބަކޫގަ އެވެ.