Last Updated: April 19, 16:08
Saturday, April 19, 2025
ޚަބަރު

ފުވައްމުލަކުން ބިދޭސީއަކު ޓީބީއަށް ޕޮޒިޓިވްވި ވާހަކަ ދޮގުކޮށްފި

ފުވައްމުލަކު ސިޓީން ބިދޭސީއަކު ޓީބީއަށް ޕޮޒިޓިވްވި ވާހަކަތައް ފުވައްމުލަކު ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިކަން ދޮގުކޮށްފައިވަނީ ބިދޭސީ މަސައްކަތްތެރިއަކު ޓީބީ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެ އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ދައުރުވަމުންދާތީ އެވެ.

އެ ހޮސްޕިޓަލުން ބުނީ އެއްވެސް ބިދޭސީއަކު ޓީބީ ބައްޔަށް ޕޮޒިޓިވްވެ ފަރުވާކުރަމުން ނުގެންދާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އެފަދަ ރިޕޯޓެއް ވެސް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.