Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

'އުންމަތް ފަލަސްތީނާ އެކު' މާދަމާ

"އުންމަތް ފަލަސްޠީނާއެކު“ ނަމުގައި ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ހަރަކާތްތަކެއް މާދަމާ ބާއްވަން ނިންމައިފި އެވެ. ހަމަޖެހިއްޖެއެވެ.

މާލޭގައި ބާއްވާ މި ހަރަކާތަކީ ޔޫތު ފޯ ޔުނިޓީ (ވައިފޯޔޫ) ޖަމިއްޔާގެ ޒުވާނުން އިސް ނަގައިގެން، ރައިޓް މޫވްމަންޓާއި ބްލަޑް ޑޯނާސް އާއި ކޭކު ޑޯނާސް އާއި ޝީލަޑް ހުޅުމާލޭ ސްޕޯޓްސް ކްލަބު އަދި ދުވާފަރު އިސްލާމިކް މޫވްމަންޓް ގުޅިގެން ކުރިއަށް ގެންދާ އިވެންޓެކެވެ.

ހަރަކާތުގެ މައިގަނޑު މަޖުސަދަކީ ފަލަސްތީނުގެ ރައްޔިތުންނާ އެކީ ދިވެހިން އަބަދު ވެސް ތިބިކަން ހާމަކޮށްދީ، އެ ގައުމުގެ ރައްޔިތުންނަށް އެހީވާން ހަރަކާތްތަކެއް ހިންގުމެވެ.

"އުންމަތް ފަލަސްޠީނާއެކު" އިވެންޓްގެ ތެރެއިން މައިގަނޑު ތިން ހަރަކާތެއް ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާދަމާ ހަވީރު ބާއްވާ އާއިލީ ހަވީރާއި މާދަމާ ރޭ ބާއްވާ ބޮޑު ހިނގާލުމާއި ބޮޑު އެއްވުމެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދާނީ ފައިސާ ހަދިޔާކުރަން ފުރުސަތު ހުޅުވާލައި ބަހައްޓާފައިވާ ފަންޑްފޮށިތަކާ ވެސް އެކީގަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީންގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލައިޮ، ރައްޔިތުންނަށް އެހިވާން ފައިސާ އެއްކުރުން ފަދަ ވަރަށް ގިނަ ހަރަކާތްތަކެއް މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކިއެކި ފަރާތްތަކުން ހިންގަމުން ގޮސްފައިވެ އެވެ.