Last Updated: April 9, 06:53
Wednesday, April 9, 2025
ޚަބަރު

އުއްޗުގެ ރިސޯޓެއް ޖޫރިިމަނާކޮށްފި

ހުއްދަ ނުހޯދައި ރަށުގައި ބޮޑުހިލަ ޖެހުމުން ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހުރަވަޅި ބީޗް ރިސޯޓު 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ) އިން ބުނީ އެ ރިސޯޓުން ބޮޑުހިލަ ޖެހީ ރަށުގެ އިރުމަތީ ފަރާތުން ފަޅު ތެރޭގައި ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުހަދައި ކަމަށެވެ.

އެ މައްސަލައިގައި ހުރަވަރަޅި އެހާ ކުޑަ އަދަދަކުން މިދިޔަ ހޯމަ ދުވަހު ޖޫރިމަނާކުރީ އެއީ އެފަދަ ކުށެއް އެތަނުން ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.