Last Updated: November 22, 19:57
Friday, November 22, 2024
ޚަބަރު

ފުލުހުން 'ނޯ ޕާކިން' ޓޭޕް ހޯދަން ބީލަމަށް ލައިފި

"ނޯ ޕާކިން" ޓޭޕް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ފުލުހުން ބީލަމަށް ހުޅުވާލައިފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އެތަނުން ފޯރުކޮށްދޭ ނަމޫނާއާ އެއްގޮތަށް "ނޯ ޕާކިން" ޓޭޕް ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން މި މަހުގެ 6 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.

އަދި މިކަމާ ގުޅޭ ގޮތުން އެެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އަންނަ މަހުގެ 7 ގެ މެންދުރު ފަހު 2:00 ގެ ކުރިން މި މެއިލް fs_C1808@police.gov.mv މެދުވެރިކޮށް އެކަން ސާފުކުރަން ޖެހެ އެވެ. ނުވަތަ މި ނަމްބަރު 9790052 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފު ކުރެވޭނެ އެވެ.