ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯފާވިޔަސް ދެ ދައުރު ފުރިހަމަ ކުރައްވާ ފުރަތަމަ ވެރިޔަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ފަލާހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަހަކަށް އައިސް ނަން ބަދަލުކޮށްގެން ޔާމީން ކިޔައިދެއްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ވާހަކަތައް ކަމަށާއި އަދި ފައިސާގެ ވާހަކައެއް ޔާމީން ކިޔައިދެއްވާނަމަ އެ ވާހަކައެއްގައި ޔާމީން އުޅުއްވާނެ ކަމަށެވެ.
"ޔާމީން ކިތަންމެ ވަރަކަށް ކޯފާ ވިޔަސް މި ގައުމުގެ ދެ ދައުރު ފުރިހަމަ ކުރާ ފުރަތަމަ ވެރިއަކަށް ވާނީ ރައީސް މުއިއްޒު،" ފަލާހު ވިދާޅުވި އެވެ.
Yamin mi kiyaadhenee Fahakah ais amihlla vaahaka nan badhal kohgen Faisa ge vaahaka eh Yameen kiyaadheynama balaa e vaahakaa ga Yameen uleyne Yameen kithame varakah koafaa vias mi qaumu ge dhe dhauru furihama kuraa furathama veri akah vaanee IA Raees muizzu. pic.twitter.com/FhYoU4vH2I
— Ibrahim Falah (@IbrahimFalahR) October 26, 2024
ޔާމީން ގެންދަވަނީ ރައީސް މުއިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެ މަނިކުފާނު ވަނީ ޕީޕީއެމް ދޫކޮށްލައްވައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ފީއެންއެފް) ގެ ނަމުގައި ޕާޓީއެއް ވެސް އުފައްދަވާފަ އެވެ.
ޔާމީނާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކަށް، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ރައީސް މުއިއްޒުއަށް ތާއީދުކުރައްވާ ފަރާތްތަކުން ދަނީ ރައްދު ދެމުންނެވެ.