ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫން އިއުލާންކޮށްފި އެވެ.
މި ލަކީ ޑްރޯގައި ބައިވެރިވާ އޫރީދޫ ކަސްޓަމަރުންގެ ތެރެއިން، ދެ ކަސްޓަމަރުންނަށް މި މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ދޯހާ މެރަތަން އޮންނަނީ އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ގަތަރުގަ އެވެ.
ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތައް:
– އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހު ހުރުން، ލަސްވެގެން 1 އޮކްޓޯބަރު 2023 އިން ފެށިގެން.
– ދޯހާ މެރަތަންގައި ހާފް މެރަތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ސިއްހީ ގޮތުން ހުރުން، މީގެ ކުރިން ހާފް މެރަތަންއެއް ނުވަތަ މެރަތަންއެއް ދުވެފައިވުން.
– ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން.
– 26 ނޮވެންބަރު 23:59 ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން.
އުރީދޫ އިން ބުނީ ލަކީޑްރޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ore.do/dohamarathon މި ލިންކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މެރަތަންއާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން މެރަތަންއާ ގުޅޭ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހޯދޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.