އަންނަ މަހު ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހާ ގުޅުވައިގެންއެމްއެންޑީއެފުން ފޮޓޯ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ނެޝަނަލް އާޓް ގެލެރީގައި ބާއްވާ މި ފޮޓޯ މައުރަޒަކީ ނޮވެމްބަރު 3، 1988 ގެ ހާދިސާ ހިނގައި ދިޔަ ގޮތް ވަރަށް ރަނގަޅަށް އާންމުންނަށް ދައްކުވައިދޭ ގޮތަށް ފަރުމާކޮށް އަދި އެދުވަހު ކަންކަން ހިނގައި ދިޔަ ގޮޮތް ސިފަވާ ގޮތަށް ކޮސެޕްޓް ރޭވިގެން ބާއްވާ މައުރަޒެއް ކަމަށެވެ.
މި މައުޒަރު ކުރިއަށްދާނީއަންނަ މަހުގެ 3-7 އަށެވެ.
މިނިސްޓްރީން ބުނީ ނަސްރުގެ ދުވަހުގެ މައުލޫމާތު ގިނަ ފަރާތްތަކަށް ފޯރުކޮ ށްދިނުމުގެ ގޮތުން އަދި ހާއްސަކޮށް ކިޔަވާ ކުދިންނަށް އެ މައުލޫމާތުތަކަކީ ވަރަށް މުހިންމު ކަމަކަށްވާނެތީ ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ސްކޫލްތަކުގެ ކުދިންނަށާއި އާންމުންނަށް ވެސް ފޮޓޯ މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.
މައުރަޒު ހުޅުވިފައި ހުންނާނީ އެ ބާއްވާ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00-12:00 އަށް މެންދުރު ފަހު 2:00-6:00 އަދި ރޭގަނޑު 8:00-10:00 އަށެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިންގެ ބަޔަކު އިސްކޮށް ތިބެގެން އަވައްޓެރި ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން މާލެ އަރައި ހިންގި އުދުވާނީ ހަމަލާ އިން ރާއްޖެ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ. އެ ހާދިސާގައި 19 ދިވެއްސަކު ޝަހީދު ވެސް ވި އެވެ.