Last Updated: April 19, 16:08
Saturday, April 19, 2025
ޚަބަރު

ވިލިމާލެ ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ފަށައިފި

ވިލިމާލެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފި އެވެ.

އެކަމަށްޓަކައި އެ ހޮސްޕޓަލުގައި ރޭ ބޭއްވި ޙަފުލާ ޝަރަފުވެރިކޮ ށްދެއްވީ ހެލްތު މިނިސްޓަރު ނާޒިމް އިބްރާހީމެވެ.

ވިލިމާލެ ހޮސްޕިޓަލުން އެ ތަނުގައި މިހާރު ދަތުގެ ފަރުވާ ހިދުމަތްތައް ފެށުމާ ގުޅިގެން، މާލެ ނުގޮސް ރައްޔިތުންނަށް މިހާރު ފަސޭހަކަމާ އެކީ ފަރުވާ ހޯދުމުގެ މަގުފަހިވެފައިވާ ކަމަށެވެ. އަދި މިއީ ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުއެއް ކަމަށް އެތަނުން ބުނެފި އެވެ.

ވިލިމާލޭ ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ދޭން ފަށާފައިވާ އިރު، އެ ހޮސްޕިޓަލް އިތުރަށް ތަރައްްގީ ކުރުމަށްޓަކައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވަނީ ނިންމައިފަ އެވެ.