ކިޔަވާ ކުދިބަޔަކަށް ކުޅިވަރަކީ މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ދަރިވަރުންނަށް ލިއްބައިދޭ ކަމަޑް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ދަރިވަރުންގެ ޔުނިއަނުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ފިއެސްޓާ ފެށުމުގެ ހަފުލާގައި މިނިސްޓަރު ވިދާޅުވީ ކިޔެވުމާ އެކުއެކީގައި ކުޅިވަރު ކުޅުމަކީ އުގެނުމަށް ކުދިންނަށް ލިބޭނެ ވަރަށްބޮޑު އެހީއެއް ކަމަށެވެ. އެގޮތުން ކުޅިވަރުގެ ތެރެއިން ކުދިނަށް ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުވައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ބައެއް ހުނަރުތައް ވެސް ދަސްވާ ކަމަށް ވިދާޅުވި އެވެ.
"ކުޅިވަރުގެ ސަބަބަބުން ތިކުދިން ޓީމްތައް އުފައްދާ އެކި ސްޕޯޓްމަންޝިޕް ފަދަ ހުނަރުތައް ދަސްވޭ. އަދި މި ފަރިތަކުރުންތަކުގެ ތެރެއިން ތިކުދިންވާނީ މިކަހަލަ ހުނަރުތައް ދަސްވެފައި،" މާރިއާ ވިދާޅުވި އެވެ. "ކުދިންގެ ތެރޭގައި ވާނެ ކޮންމެ ޓީމެއްގެ ތެރޭގައި ވެސް ދެތިން ލީޑަރުން. އެއް ކުއްޖަކީ ޓީމް ލީޑަރު އަނެއް ކުއްޖަކު ވެދާނެ ޖޯޒީ ފަރުމާކުރާ ކުއްޖެއް ކަމަށް ވެސް."
މިނިސްޓަރު ވިދާޅުވީ ޔުނިވަސިޓީގެ ދަރިވަރުންތަކެއް އިންތިޒާމުކޮށްގެން ދެ ޖިންސަށް ހަމަހަމަކަމާއި އެކު ހުޅުވާލައިގެން މުބާރާތްތައް ކުރިއަށް ގެންދާ މަންޒަރު ފެނުމަކީ ވަރަށް ކުބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.
"އުންމީދަކީ މި މުބާރާތުން ކުދިންނަށް އެކި ހުނަރުތައް ދަސްވެ، ގުޅުންބަދަހިވެގެން ދިއުން." މާރިއާ ވިދާޅުވި އެވެ.