ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފީ ޝަރީއަތުގައި މިއަދު ބާއްވަން އޮތް އަޑުއެހުން ހައި ކޯޓުން ކެންސަލްކޮށްފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ 3 ވަނަ އަޑުއެހުން މިއަދު ހެނދުނު 11:00 ގައި ބާއްވަން ތާވަލްކޮށްފައި ވަނިކޮށް ކެންސަލްކުރީ ކީއްވެގެން ކަން ސާފުވެފައި ނުވާއިރު މައްސަލަ ހައި ކޯޓުގައި ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކުރަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
ނާޒިމް މައްސަލަ ބަލާ ފަސް ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރުންގެ ތެރެއިން ދެކުނު ގޮތްޕަށް ބަދަލުކުރަީ ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު މިއަދު ބާއްވަން ތާވަލްކޮށްފައި އޮތީ ނާޒިމްގެ ފަރާތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ.