ތާހިރުކޮށް ވެރިކަމެއް ކޮށްދޭން އެނގިވަޑައިނުގަންނަވާނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހަތަށް ޖެހިވަޑައިގަތުމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލާފައިފި އެވެ.
ފައްޔާޒު މިކަމަށް ގޮވާލާފައިމިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެތެރެ ނުފެންނަ ވޯޓު ފޮއްޓާ، ކުޑަކާފު ބޮޑުކާފު ކިޔައިގެން ރައްޔިތުންގެ ވޯޓުގައި ބަނޑުއެޅުވޭނެ ޒަމާނެއް ދެން ރާއްޖެ އަށް ނުގެނެވޭނެ ކަމަށެވެ. އަދި ކޮރަޕްޝަން ބަލާ މީހުންނަށް ޅިޔަނުންގެ އޮފީސް އޮފީހަށް ވަނުން މަނާކުރެވޭ ދައުރެއްވެ ސް ދެން ދިވެހީން ނުދެކޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ރީތިކޮށް ތާހިރުކޮށް ވެރިކަމެއް ކޮށްދޭން އެނގިނުލައްވަންޏާ ފަހަތަށް ޖެހިލައްވާ،" ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ބިލުތަކުގައިވާ ގޮތުން ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ.
އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރަ އީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންނެވެ.