ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައިންބަފައިންނަށް އަހަރު ދުވަހަށް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަން އެ ކޯޓުން ހުޅުވާލައިފި އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ އިންޝުއަރެންސް ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުހެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:00 ގެ ރަޖިސްޓްރީވާން ޖެހެ އެވެ.
ރަޖިސްޓްރީވާނީ މި މެއިލް procurement@supremecourt.mv އަށް ކުންފުންޏާ ބެހޭ މައުލޫމާތު ފޮނުވައިގެންނެވެ.