Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު

ބީއެމްއެލް އިން ބައިސްކަލް ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 6 ރަށަކަށް 300 ބައިސްކަލު ހަދިޔާކޮށްފި އެވެ.

ބައިސިކަލުތައް ހަދިޔާކޮށްފައި ވަނީ 14-17 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ބައިސްކަލުތައް ބެހުމުގެ މަސައްކަތް ކޮށްފައިވަނީ 6 ޖަމިއްޔާއެއް މެދުވެރިކޮށެވެ.

ބައިސްކަލު ހަދިޔާކުރި ރަށްތަކާއި ޕްރޮގްރާމްގައި ބައިވެރިވި ޖަމިއްޔާތައް:

* ހއ. ދިއްދޫ، ދިއްދޫ ކުރިމަގު ޖަމިއްޔާ
* ބ. އޭދަފުށި، ވެސްޓް ވިންގްސް ޖަމިއްޔާ
* ކ. މާފުށި، ިއު ސްޓާ ސްޕޯޓްސް ކްލަބް
* ނ. މަނަދޫ، ޗެސްޓާ ޖަމިއްޔާ
* މ. މުލައް، ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް
* ވިލިމާލެ، ސޭވް ދަ ބީޗް

ގައުމީ ބޭންކުން ބުނީ އެ ރަށްތަކަށް ބައިސްކަލް ހަދިޔާކުރީ ދުޅަހެޔޮ ދިރިއުޅުމެއް އާދަކުރުވުމާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.