ރާއްޖޭގެ ގިނަ ރައްްޔިތުން ހާލުގައި ތިއްބާ އިދިކޮޅު ފަރާތްތަކުން އަމާން ދީފައިވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރ އަދި ގާނޫނީ ވަކީލް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ގާނޫނުއަސާސީ އަށް ގެންނަ އިސްލާހާއި އެ އިސްލާހަށް އިދިކޮޅު ފަރާތްތަކުން ތާއީދުކުރަން ނިންމުމުން އެކަމާއި ގުޅޭގޮތުން އަލީ ހުސައިން ކުރައްވާފައިވާ ޓްވީޓްތަކުގައި ވަނީ ވަކި މީހެއްގެ މަންފާ އަށް ނޫނީ ވަކި މީހަކަށް ފުރައްސާރަ ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމާ މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
For what ever reason the opposition has caved in while majority of the citizens are on the cliff. Call it the bitter political reality.
— Ali Hussain (@AleeVoice) June 24, 2015
Miadhu rayyithun e thibee balaasheve. QA himaayaive, aniyaaverikan nimi, insaafu libi hamavee thoa suvaalu kuraane meehun madhuvaanebaa??!
— Ali Hussain (@AleeVoice) June 24, 2015
" މިއަދު ރައްޔިތުން އެ ތިބީ ބަލާށެވެ. ގާނޫނުއަސާސީ ހިމާޔަތްވެ، އަނިޔާވެރިކަން ނިމި، އިންސާފު ލިބި ހަމަވީތޯ ސުވާލު ކުރާނެ މީހުން މަދުވާނެބާ؟" ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
އަލީ ޙުސައިންގެ އިތުރުން ވެސް ރާއްޖޭގެ ގިނަ ވަކީލުންތައް ދަނީ މިއަދު މަޖިލީހުގައި ވޯޓް ނެގުމަށް ހަމަޖެހިފައިވާ އިސްލާޙާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.