ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ދެމުން އަންނަ ފެރީގެ ހިދުމަތް ދެމެހެއްތެނި ގޮތަކަށް ދިގު މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށްޓަކަައި ހިދުމަތުގެ އަގު ބޮޑުކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ އިއްޔެ މިނިސްޓަރު ވިދާޅުވީ އާރްޓީއެލް ހިދުމަތް އަގު ހެޔޮކޮށް ދިނުމަށް ސަރުކާރުން ދޭން ޖެހޭ ސަބްސިޑީ ވަރަށް ބޮޑު ކަމަށާއި އެގޮތަށް އެ ހިދުމަތް ދިގު މުއްދަތުގައި ކުރިއަށް ގެންދަން ދަތިތަކެއް ހުރި ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި 2022 ގައު އާރުޓީއެލްގެ ހިދުމަތް ފެށި އިރު، ހިދުމަތުގެ ފުރަތަމަ އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން 48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އެ ހިދުމަތް ދިނުމަށް 130 މިލިއަން ރުފިޔާ ހޭދަވި ކަމަށާއި މި އަހަރު ނިމޭއިރު 280 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ސަބްސިޑީ އަރާނެ ކަމަށް އަރާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އާރްޓީއެލް މިހާރު ހިންގަމުން އަންނަ މޮޑެލަކީ ދައުލަތަށް ކެތްވާނެ ގޮތެއް ނޫނެވެ. އެހެންވެ މިހާރު މއިތް ގޮތަށް ހިދުމަތް ދޫކޮށްލައިފި ނަމަ ދައުލަތުން ބިލިއަން ރުފިޔާ ސަބްސިޑީސް ހޭދަކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ [މިހާރު] މަސައްކަތް ކުރަނީ ސަބްސޑީ ލެވެލް ފަންސާސް ފަސް ޕަސެންޓް ކުޑަކޮށްފައި ސާޅީސް ފަސް ޕަސަންޓަށް ރިކަވަރީ ހަދަން،" އަމީން ވިދާޅުިވި އެވެ. "އެހެން ނޫނީ [މި ހިދުމަތް] ސަސްޓެއިން ނުކުރެވޭނެ." މިނިސްޓަރު އަމީން އެވެ.
އަމީން ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް ދޭ އަގުތައް ބަދަލުކުރަން މިހާރު އިކޮނޮމިކް ކައުންސިލަށް ވެސް ހުށައަޅާފައިވާ ކަމަށެވެ.
އާރްޓީއެލްގެ ދަށުން ފެރީގެ ހިދުމަތުގެ އިތުރުން އާބާދީ ބޮޑެތި ބައެއް ހިސާބުތަކުގައި އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ. މި ހިދުމަތް ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ.