އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސް އިން ޒައިތޫނި ތެޔޮ އިންފިއުޒްކޮށްގެން މީގެ އަހަރެއް ކުރިން ލޯންޗްކުރި "އޮލިއާޓޯ" ކޮފީ ރޭންޖް ހުއްޓާލަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ އަންނަ މަހުގެ ތެރޭގައި އެ ކޮފީގެ ވިޔަފާރި އެންމެ ފުރަތަމަ ހުއްޓާލަން ނިންމާފައި ވަނީ ވަނީ އެމެރިކާ އާއި ކެނެޑާ މާކެޓްގައި ކަމަށެވެ.
ސްޓާބަކްސް މިގޮތަށް ނިންމީ ދާދި ފަހުން އެ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތް ބްރަޔަން ނިކޯލްގެ ވައުދާ އެއްގޮތަށް މެނޫ އަށް ގެންނަން ނިންމާފައިވާ އިސްލާހީ ބަދަލުތަކަކާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ސްޓާބަކްސް އިން ޒައިތޫނި ތެޔޮ އިންފިއުޒްކޮށްގެން ތިން ރަހައެއްގެ ކޮފީތަކެއް ނެރުނެވެ. އެއީ އޮލިއާޓޯ ކެފޭ ލާޓޭ އާއި އޮލިއާޓޯ އައިސްޑް ޝޭކެން އެކްސްޕްރެސޯގެ އިތުރުން އޮލިއާޓޯ ގޯލްޑެން ފޯމް ކޯލްޑް ބްރޫ އެވެ.
މި ކޮފީތަކަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވެ، ސްޓާބަކްސްގެ ކޮފީ އަށް ކުރިން އޮތް ޑިމާންޑަށް ހިޔަނި ވެސް އެޅުމެވެ.
އެ ކުންފުންޏާ ހަވާލާދީ މީޑިއާތަކުން ޒައިނޫތު ތެޔޮ އިންފިއުޒްކޮށްގެން ތައްޔާރުކުރާ ކޮފީ ރޭންޖް ހުއްޓައިލަން ނިންމި މައިގަނޑު ސަބަބަކީ ކޮފީގެ ވިޔަފާރި އަލުން އިޔާދަކުރުމެވެ. އެގޮތުން އާ ސީއީއޯގެ ބެލުމުގެ ދަށުން ސްޓާބަކްސްގެ މެނޫ އަށް ކަސްޓަމަރުން އެދޭ ކަހަލަ މުހިއްމު ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ.
ކޮފީގެ ވިޔަފާރީގައި 53 އަހަރުގެ ތާރީހެއް އޮތް ސްޓާބަކްސްގެ ވިޔަފާރި 86 ގައުމެއްގައި ހިންގަ އެވެ. އެގޮތުން އައުޓްލެޓްތަކުގެ އަދަދު 38،000 އަށް ވުރެ ގިނަ އެވެ.