Last Updated: November 24, 23:51
Sunday, November 24, 2024
މުނިފޫހިފިލުވުން

ރަވީނާގެ ދަރިފުޅުގެ ފިލްމުގެ ނަމަކީ 'އާޒާދު'

ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ ފިލްމީ ދުނިޔެ އަށް ތައާރަފުރާ ފިލްމުގެ ނަމާ އެކީ އޭގެ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.

އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށް ގެނެސްދޭ މި އެކްޝަން އެޑްވެންޗާގެ ނަމަކީ "އާޒާދު" އެވެ. އަންނަ މަހުގެ ކުރީކޮޅު ޓީޒާ ޓްރެއިލާ ވެސް އާންމުކުރަން ހަމަޖެހިފައިވާ ފިލްމުގެ ބަތަލަކީ އަޖޭ ދޭވްގަން އަށް ބޮޑުބޭބެ ކިޔާ އާމަން ދޭވްގަން އެވެ. "އާޒާދު" އަކީ ވެސް އޭނަ ވެސް ބޮލީވުޑަށް ނެރޭ ފިލްމެވެ.

މި ފިލްމުގެ ކާސްޓްގައި އަޖޭގެ އިތުރުން ޑަޔާނާ ޕެންޓީ ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި "އާޒާދު" ގެ ޕަސްޓްލުކް ޕޯސްޓަރު މިއަދު ދައްކާލި އިރު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީފަ އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް ނުނިންމަ އެވެ.

"އާޒާދު" ގެ ޑައިރެކްޓަރު އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގައި އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރާ އެކީ ގެނެސްދިން "ޗަންދީގަޅް ކަރޭ އާޝިގީ" އެވެ. އޭނަ އަކީ "ކޭދަރުނާތު" އިން 2018 ގައި ސާރާ އަލީ ޚާނާއި 2020 ގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު 2013 ގެ "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ވެސް މެ އެވެ.