Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ހިތަދޫގައި ވެހިކަލްތަކެއް ނަގަން 7 ދުވަހުގެ މުހުލަތެއް

އައްޑޫ ހިތަދޫގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި ވެހިކަލްތަކެއް ނަގަން އަނެއްކާ ވެސް އަންގައި، އެފަދަ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ނަމްބަރު އައްޑޫ ސިޓީ ކައުންސިލް އިދާރާ އިން އާންމުކޮށްފި އެވެ.

ކައުންސިލުން ބުނީ އެ ވެހިކަލްތަކަަކީ ހިތަދޫ ލިންކް ރޯޑްގައި ހުންނަ "މޭރީ ބްރައުން" ކުރިމަތިން ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލު ކުރުމަށް ވަގުތީ ގޮތުން ވެހިކަލްތައް ޕާކް ކުރުމަށް ގާއިމުކޮށްފައިވާ ޕާކިން ޒޯނުގައި ގަވާއިދާއި ޚިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތަކެއް ކަމަށެވެ.

އަދި އެ އެއްޗެހީގެ ސަބަބުން އެ ޕާކިން ޒޯނުގެ ބޭނުން ޢާންމު ފަރާތްތަކަށް ނުހިފޭކަމުގެ ޝަކުވާތައް ކައުންސިލް އިދާރާ އަށް ވެސް ލިބެމުން އަންނަ ކަމަށް ބުންޏެވެ.

ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް:

BC1 – P2459 .1
BB1- P5156 .2
BC2 – P310 .3
BB1 – P4014 .4
BC2 -P1659 .5
6. BC2 – C1968
BB1 – P7968 .7
8. 4005

މި ވެހިކަލްތައް ނަގަން އެ އެއްޗެހީގެ ވެރިފަރާތްތަކަށް ވަނީ އިއްޔެ އިން ފެށިގެން 7 ދުވަހުގެ މުހުލަތެއް ދީފަ އެވެ. ކައުންސިލުން ބުނީ އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފި ނަމަ ކައުންސިލް އިދާރާ އިން އެ ތަކެތި ނަގާނެ ކަމަށެވެ. އަދި އެ ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ކައުންސިލް އިދާރާ އިން ނުނަގާނެ ކަމަށް ވެސް ބުންޏެވެ.

އައްޑޫގެ ބައެއް އަވަށްތަކުގެ އެކި ހިސާބުތަކުގެ މަގުތަކަށް ދޫކޮށްލާފައި ހުންނަ ވެހިކަލްތައް ނަގަން މީގެ ކުރިން ވެސް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ކައުންސިލުން އަންގާފައިވެ އެވެ.