ރާއްޖެ އަށް ފިލްމޫ ޓޫރިޒަމް ޓުއަރިޒަމް ތައާރަފު ކުރަން އަންނަ އަހަރު ހަރަކާތެއް ހިންގުމަށް މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއް ޖެއެވެ.
ކ. ގުރައިދޫގެ ޓޫރިޒަން ބްރޭންޑް "ލޯކަލް ކަލްޗާ: ސީސް އޮފް އެޑްވެންޗާ" ލޯންޗްކުރަން ރޭ ބޭއްވި ހަފުލާގައި އޭނަ ވިދާޅުވީ ޓޫރިޒަމް ދަށް ދުވަސްވަރު ނުވަތަ އޮފް ސީޒަންގައި ރާއްޖެ އަންނަ މީހުން އިތުރުކުރުމަށް މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުން އންނަ ކަމަށެވެ. އެގޮތުން ވަކި ބާވަތެއްގެ ޓޫރިޒަމަށް ބަރޯސާވެގެން އޮތުމުގެ ބަދަލުގައި މި ދާއިރާ ސިންދަފާތު ކުރުން މުހިއްމު ކަމަށް ޝިއުރީ ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަށްޓަކައި ފިލްމު ޓޫރިޒަމް ކުޅިވަރާއި ސިއްހަތާއި ތައުލީމު ޓޫރިޒަމަކީ ރާއްޖެ އަށް މުހިއްމު ކަންކަން ކަމަށް ވިދާޅުވި އެވެ.
ޝިއުރީ ވިދާޅުވި ގޮތުގައި ފިލްމު ޓޫޒަމް ތަޢާރަފްކުރުމަށްޓަކައި އަންނަ އަހަރު ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ އިރު، މީގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވުމުގެ ފުރުސަތު އޮންނާނެ އެވެ. ދާދި ފަހުން ރައީސް ޑރ. މުހައްމަދު އިންޑިއާ އަށް ކުރެއްވި ދަތުރުގައި ބޮލީވުޑަށް ވެސް ރާއްޖޭގައި ފިލްމުތައް ޝޫޓްކުރުމުގެ ދައުވަތު ދީފައިވެ އެވެ.
މިދިޔަ މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ގޮތުގައި ރާއްޖެއާ ބެހޭ ގޮތުން ފިލްމެއް ހަދަން ހޮލީވުޑްގެ ސްޓޫޑިއޯއަކަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ހޮލީވުޑާއި ބޮލީވުޑްގެ ބައެއް ފިލްމުތަކުގެ މަންޒަރުތަކެއް ނަގާފައިވެ އެވެ. ރާއްޖެ އަކީ މިހާރު އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.