ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް ސްރީ ލަންކާ އަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެ އެވެ.
އޭނަ އެގޮތަށް ވިދާޅުވީ ލަންކާގެ ރައީސް ކުމާރަ ޑިސަނަޔަކަގެ ސެކްރެޓަރީ ޑރ. ނަންދިކާ ސަނަތު ކުމާރަނަޔަކައާ އެކީ ބޭއްވި ބައްދަލުވުމެއްގައި ލަންކާގެ މީޑިއާތަކުން ބުންޏެވެ. އެ ބައްދަލުވުމުގައި އިމާދު ވިދާޅުވީ ރައީސް މުއިއްޒު ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ.
ނަމަވެސް ރައީސް ލަންކާ އަށް ވަޑައިގަންނަވާނެ ދުވަހެއް ސަފީރު ވިދާޅެއް ނުވެ އެވެ.
Heartfelt congratulations to President-elect Anura Kumara Dissanayake (@anuradisanayake) on your remarkable election victory today. As close neighbours, I am eager to work with you to further strengthen the historic friendship between the Maldives and Sri Lanka. Wishing you…
— Dr Mohamed Muizzu (@MMuizzu) September 22, 2024
މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ރައަީސް މުއިއްޒު ލަންކާ އަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން އޭރު ރިޕޯޓްކޮށްފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ލަންލާގެ ރިޔާސީ އިންތިހާބު ޑިސަނަޔަކަ ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް މަރުހަބާ ދަންނަވައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ރައީސް މިދިޔަ މަހުގެ ކުރީކޮޅު އިންޑިއާ އަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ.